ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
 ކޯޓުއޮފިސަރ ( ޖީ.އެސް 3 )  | 
 މަޤާމް:  | 
|
| 
 މަހަކު -/1،500 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/4،465 ރުފިޔާ  | 
 މުސާރަ:  | 
|
| 
 ޝަރީޢަތްތަކާބެހޭ ސެކްޝަން (Jv-B2)  | 
 ސެކްޝަން:  | 
 ޖުވެނައިލް ކޯޓު / މާލެ  | 
 މަސައްކަތްކުރަންޖެހޭ ތަން:  | 
|
| 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު؛ 1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛ 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، 2 GS ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  | 
 މަޤާމުގެ އަސާސީ ޝަރުޠު:  | 
|||
| 
 - ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި، ކޮމްޕިއުޓަރުން ޓައިޕްކުރަން ފަރިތަ ފަރާތަކަށްވުން. - ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ހާޒިރުވެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.  | 
 އެހެނިހެން ޝަރުޠު:  | 
|||
| 
 ޝަރީޢަތްތައް ކުރިއަށްދާއިރު، ޝަރީޢަތުގެ މަޖިލީހުގެ ކަންތައްތައް ބެލެހެއްޓުމާއި، ޝަރީޢަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.  | 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
|||
| 
 މި މަޤާމަށް ހޮވޭފަރާތްތަކަށް: - ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ % 40 ލިބޭނެ. - ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/2700 ރުފިޔާ ލިބޭނެ. - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.  | 
 އުޖޫރައާއި ޢިނާޔަތްތައް:  | 
|||
| 
 މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ހުށަހެޅުމަށް އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މި ކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުން އެދެމެވެ.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
|||
| 
 2016 މޭ 8 ވަަނަ ދުވަހުގެ 14:00  | 
 ސުންގަޑި:  | 
|||
| 
 - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. - ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް http://www.juvenilecourt.gov.mv އިން މި ފޯމު ލިބެން ހުންނާނެއެވެ.  | 
 އިތުރު މަޢުލޫމާތު:  | 
|||
19 ރަޖަބު 1437