މަސައްކަތް
ނަންބަރު: 2016/48
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 12 މޭ 2016 11:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫތުކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ގދ.ގައްދޫގައި ޔޫތުކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއްޖެއެވެ.

ގައްދޫ ކައުންސިލް އިދާރާއާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާ ގުޅިގެން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ގައްދޫގައި ޔޫތުކޮމްޕްލެކްސް އެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ޔޫތުކޮމްޕްލެކްސް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މޭ 2016 ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މޭ 2016 ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މިބީލަމަށް ކުރިމަތިލާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840003 ، ނުވަތަ 7896527 ފޯނާއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

10 ރަޖަބު 1437

17 އޭޕްރިލް 2016