ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/108
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 18:06
ސުންގަޑި: 26 އޭޕްރިލް 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވުން ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް
ބޭނުންވާ އަދަދު :8

ތިރީގައިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް / ގރ. 1

އަދަދު: 8

މުސާރަ: -/4350ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 މަސް)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަރމާޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް ގެގޮތުގައި -/2000ރުފިޔާއާއި -/2500ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރ ދެވޭނެ.
  • އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ދޫކުރުމާއި އަދި މުދާ ބަލައިގަތުން
  • ކަސްޓަމަރުންނާއި މުޢާމަލާތުކުރުމާއި އަދި ކަސްޓަމަރުންނަށް އެހީތެރިވުން
  • ކައުންޓަރުގެ މަސައްކަތް ކުރުން                                        

ތަޢުލީމާއި ތަޖުރިބާ:

  • ޖީ.ސީ.އީ އޯލެވެލްގެ 1 މާއްދާއިން ފާސްވެފައިވުން
  • މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ރިސެޕްޝަނުންނާއި އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ. 

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264   ވެބްސައިޓް: www.sto.mv   އީމެއިލް: [email protected]

11 ރަޖަބު 1437

18 އޭޕްރިލް 2016