ކުއްޔަށް ހިފުން
ނަންބަރު: (IUL)200/200/2016/1
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 05 މޭ 2016 11:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުން

އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ޓްރައިބިއުނަލްގެ އޮފީސް ހިންގުމަށްޓަކައި އޮފީސް ސެޓަޕެއް ހެދޭގޮތަށް ހުރި 1 ފްލޯ ނުވަތަ ޖެހިޖެހިގެން ހުރި 2 ފްލޯއިން 4500 އަކަފޫޓަށްވުރެ ކުޑަނޫން ރަނގަޅު ފެންވަރެއްގެ ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ, މިފަދަ ޢިމާރާތެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ކުއްޔަށް ދެވޭނެ މުއްދަތު ބަޔާންކޮށް 05 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގ، 3 ވަނަ ފަންގިފިލާ) އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 3308773 ފޯނާ ގުޅުއްވުން އެދެމެވެ. ޢިމާރާތް ކުއްޔަށް ހިފުމުގައި ކުލީގެ އިތުރުން ޢިމާރާތުގެ ފެންވަރަށާއި ލޮކޭޝަނަށް އިސްކަންދެވޭނެއެވެ.

07 ރަޖަބު 1437

14 އޭޕްރިލް 2016