ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2016/72
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 02 މޭ 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީގެ ތިރީގައިވާ މަޤާމަށް އިޢުލާން ކުރަމެވެ.

01. މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ނަންބަރު

255938

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ ގްރޭޑް 1

ރޭންކް

އީ.އެކްސް 1

މުސާރައާއި އިނާޔަތްތައް

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ލޭބަރ އެންޑް އެންޕްލޯއިމަންޓް ސެކްޝަން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. ރާއްޖޭގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ދާއިރާގެ ޙާލަތު ދިރާސާކޮށް، މިދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޤައުމީ ތަޞައްވުރެއް އެކުލަވާލައި، އެކަމާގުޅޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
  2. ރާއްޖޭގެ ކަނޑުގެ ވިޔަފާރި ބަނދަރުތައް ތަރައްޤީކުރުމާބެހޭ ސިޔާސަތު ކަނޑައެޅުމާއި، އެފަދަ ބަނދަރުތަކުން ދެވޭ ޚިދުމަތްތަކާއި، އެޚިދުމަތްތަކާގުޅޭ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު ކަނޑައެޅުމާއި، އެކަންކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ހިންގައި ވިލަރެސްކުރުން.
  3. ރާއްޖޭގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކޮށް، ތަރައްޤީކޮށް ބެލެހެއްޓުން.
  4. ރާއްޖޭގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތައް ބަލައި ދިރާސާކުރުން.
  5. ރާއްޖޭގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް، އެއްގަމާއި ކަނޑުގެ ދަތުރުފަތުރާގުޅޭ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދެމެދު ވިލަރެސްކުރުން.
  6. ރާއްޖޭގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ބޭރުދަތުރުކުރާ ބޯޓުފަހަރުގެ ވަޒީފާއަށް މީހުން ފޮނުވާ ފަރާތްތަކާބެހޭ ސިޔާސަތު އެކުލަވާލައި، މިދާއިރާއިން ދިވެހިންނަށް ހުރި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރުން.
  7. ރާއްޖޭގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކުރުމުގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައަޅައި، މިކަންކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެކަންކަމަށް ބޭނުންވާ ތަމްރީނުގެ މިންގަނޑުތައް ކަނޑައަޅައި ސަނަދު ދިނުން.
  8. ރާއްޖޭގެ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި، މިކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެކަންކަމަށް ބޭނުންވާ ތަމްރީނުގެ މިންގަނޑުތައް ކަނޑައެޅުން.
  9. ރާއްޖޭގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއިން ޚިދުމަތް ފޯރުކޮށްދިނުމުގައި ހާސިލުކުރަން ބޭނުންވާ މަޤްޞަދުތައް ހާސިލުކުރެވޭފަދަ ލީޑަރޝިޕެއް ޤާއިމުކޮށް، އަމިއްލަ ފަރާތްތަކާއި ފަރުދުންނަށް މިދާރާއިން ބޭނުންވާ ޚިދުމަތްތަކަށް ސިޔާސަތު ކަނޑައަޅައި އެސިޔާސަތު ތަންފީޒުކުރުން.
  10. އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއިން ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގެ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވުމާއި، އެ މުޢާހަދާތަކާއި، އެއްބަސްވުންތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
  11. ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާއެކު ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅާލުމުގެ ގޮތުން އެއްބަސްވާންޖެހޭ އެއްބަސްވުންތަކުގައި ދިވެހި ސަރުކާރު ތަމްސީލުކުރުމާއި، އެފަދަ އެއްބަސްވުންތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުން.
  12. އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއިން އެކި ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހީދޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާއި، އެފަރާތްތަކުން އެހީތެރިކަން ހޯދުމާބެހޭ ކަންކަން ވިލަރެސްކުރުން.
  13. ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖުތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭފަދަ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް އެނިޒާމު ހިންގުން.
  14. ރާއްޖޭގެ އެއްގަމާއި، ކަނޑުގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތަކުގެ އަލީގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެފަދަ ކަންކަމުގެ މަޢުލޫމާތު އާންމުކުރުން.
  15. ރާއްޖޭގައި ބޯޓުފަހަރު ބަނުމާއި، ބޯޓުފަހަރު މަރާމާތުކޮށް ބެލެހެއްޓުމާބެހޭ ސިޔާސަތާއި މިންގަނޑުތައް ކަނޑައެޅުން.
  16. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޝިޕިންގ އިންޑަސްޓްރީ ތަރައްޤީކުރުމާއި، ޝިޕިންގއާގުޅޭ ވިޔަފާރި ކުރިއެރުވުމާގުޅޭ ސިޔާސަތު ކަނޑައަޅައި ހިންގުން.

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސްގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސްގެ  ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިކޮނޮމިކްސް / ސްޓެޓިސްޓިކްސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

02. މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު

1

މަޤާމުގެ ނަންބަރު

251081

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް 1

މުސާރައާއި އިނާޔަތްތައް

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ޔުނިޓްހެޑްގެ އިރުޝާދާއި މާލިއްޔަތު ޤާނޫނާ އެއްގޮތަށް މިނިސްޓްރީން އަހަރަކު އެއްފަހަރު އާކުރާ އެގްރީމެންޓްތައް ތައްޔާރުކުރުމާއި ޕްރޮކިއުމަންޓް މަސައްކަތް ކުރިއަށް ގެންދިއުން
  2. މިނިސްޓްރީގެ އީމެއިލް ސިސްޓަމަކީ google އިން ފޯރުކޮށްދޭ ޚިދުމަތަކަށްވެފައި، މި ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެފަރާތަށް ފައިސާ ދެއްކުމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމާއި، ފައިލްކޮށް ބެލެހެއްޓުން.
  3. ޔުނިޓުގެ މަސައްކަތް ކުރުމަށްޓަކައި ހޯދަންޖެހޭ ތަކެތި، މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ މަތިން ހޯދުމާއި، ސަރވިސް ޕްރޮވައިޑަރުންނާ ކުރަންޖެހޭ މުޢާމަލާތް ކުރުމާއި، ކޮންމެ މަސައްކަތަކަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފައިލްކޮށް ބެލެހެއްޓުން.
  4. ޓްރޭޑް އިންފޮރމޭޝަން ސިސްޓަމް "ބޮލި ސިސްޓަމް" ބަލަހައްޓާ އައިޓީ ކޮންސަލްޓެންޓުންނަށް އެހީތެރިވެދިނުމާއި، އަދި ބެކްއަޕް ސަޕޯޓް ދިނުން
  5. މިނިސްޓްރީއަށް އަލަށް ހޯދާ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ސްކޭނަރތައް އައިޓީ އިންވެންޓްރީ ޑޭޓާބޭސްގައި ރަޖިސްޓަރީކުރުމަށްފަހު، އެތަކެތި ބޭނުންކުރާނެ ސްޓޭޝަންތަކުގައި، ބޭނުންކުރެވޭ ފެންވަރަށް އިންސްޓޯލްކުރުން.
  6. މިނިސްޓްރީން ވަކިވާ މުވައްޒަފުންގެ އީމެއިލް އެޑްރެސްތައް ޑިއެކްޓިވޭޓް ކުރުމާއި، ބެކްއަޕް ނަގައި ރައްކާކުރުން.
  7. އެހެން ޔުނިޓްތަކުން ހިންގާ ޕްރޮޖެކްޓެއްގައި އައިޓީ ކޮމްޕޯނެންޓެއް ހިމެނޭނަމަ، އެކަމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް (ޔުނިޓް ހެޑްގެ އިރުޝާދާ އެއްގޮތަށް) ފޯރުކޮށްދިނުން. މީގެ ތެރޭގައި އައިޓީ ތަކެތި ހޯދަންޖެހޭނަމަ އޭގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  8. ބޮލި ސިސްޓަމްގެ އިދާރީ މަސައްކަތްތަކާއި ޓިއުޓޯރިއަލް ހެދުމާއި މިނިސްޓްރީގެ މުވައްޒަފުންގެ ޕާސްވޯޑްތައް ރިސެޓްކޮށްދިނުން
  9. އައިޓީ ސިސްޓަމަށް ދިމާވާ ބޮޑެތި މައްސަލަތަކާއި ޚާއްޞަ މަސައްކަތްތަކުގައި ޓެކްނިކަލް ސަޕޯޓް ސްޓާފަށް އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

1. އައިޓީ ނެޓްވާރކް އެންޑް ސްފްޓްވެއަރ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އައިޓީ ނެޓްވާރކް އެންޑް ސޮފްޓްވެއަރ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އައިޓީ ނެޓްވާރކް އެންޑް ސޮފްޓްވެއަރ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ

3. އައިޓީ ނެޓްވާރކް އެންޑް ސޮފްޓްވެއަރ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަރވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 2 މޭ 2016 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ.

- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަންބަރު: 3333174 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016