ކުއްޔަށް ދިނުން
ނަންބަރު: (IUL)420-PM/242/2016/17
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 21 އޭޕްރިލް 2016 10:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ޖެޓީގެ އުތުރުކޮޅުން ތެޔޮވިއްކުމަށް ޚާއްޞަކުރެވިފައިވާ ބިންތައް ކުއްޔަށްދޫކުރުން

އިޢުލާން

ރަތަފަންދޫ ޖެޓީގެ އުތުރުކޮޅުން ތެޔޮވިއްކުމަށް ޚާއްޞަކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުން

ރަތަފަންދޫ ބަނދަރުގެ އުތުރުކޮޅުން ޖެޓީކައިރިން ތެޔޮވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ދެބިން 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު)

އިޖުތިމާޢީ ކަންކަމަށް ދެވޭ އެހީ މަހަކު އެންމެ ކުޑަމިންވަރު

1

ތެޔޮވިއްކުމަށް ޚާއްޞަ 1 ނަންބަރު ބިން

800 އަކަފޫޓު

-/1000 ރުފިޔާ

-/1200 ރުފިޔާ

2

ތެޔޮވިއްކުމަށް ޚާއްޞަ 2 ނަންބަރު ބިން

800 އަކަފޫޓު

-/1000 ރުފިޔާ

-/1200 ރުފިޔާ

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ މިންވަރު ކަނޑައަޅައި ހުށަހަޅުއްވަންވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ބިމަކަށް ވަކިން ތަފުސީލު ހުށަހެޅުއްވުން އެދެމެވެ.

  • އިސްވެ ދެންނެވުނު ބިންތަކުގައި ކުރެވޭނެ ކަންތައްތައް

1– ހަމައެކަނި ތެޔޮވިއްކުމުގެ މަސައްކަތް

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

40%

  • ހުށަހަޅާ މަހުކުއްޔަށް ދެވޭ މާކްސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށާ އިންފާރު ރޭނުން  

10%
  • ބިމުގެ ވަށާ އިންފާރު ރޭނުން   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށް ކުރާ ޚަރަދަށް

50%

  • އިޖުތިމާޢީ ކަންކަމަށް ދެވޭ ޢިނާޔަތު   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހައިލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

ނޯޓް: މި ދެބިން ކުއްޔަށް ހިފާފަރާތުން ބިމުގައި ތެޔޮވިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ބިމުގެ ވަށާ އިންފާރު އެންމެ ކުޑަވެގެން 4 ފޫޓު އުސްމިނަށް ރާނައި ނިންމަންވާނެއެވެ.

ވީމާ، އިސްވެދެންނެވުނު ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އެންމެފަހުން ފައިސާ ދެއްކި ރަސީދުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މިއިދާރާއިން ކުރެވުނު ނަންބަރު: (IUL)420-PM/242/2016/13 ގެ އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް އެއްގޮތްކަމަށް ފެންނާތީ އެއިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

3 ރަޖަބު 1437

10 އޭޕްރިލް 2016