ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2016/18
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 20 އޭޕްރިލް 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑޭޓާ ޕްރޮސެސިންގ އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑޭޓާ ޕްރޮސެސިންގ އޮފިސަރ

މީހުން ބޭނުންވާ އަދަދު:

1 (އެކެއް)

ކޮންޓްރެކްޓުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް

މުސާރަ:

މަހަކު -/6,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

ތަޢުލީމާއި ތަޖުރިބާ:

  1. ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން (ދިވެހި، އިނގިރޭސި، ހިސާބު) ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކުރުމުގެ ހުނަރު ލިބިފައިވުމާއެކު، މައިކްރޮސޮފްޓް އޮފީސް ޕްރޮގްރާމް ރަނގަޅަށް ބޭނުންކުރަން އެނގުން.
  3. ޑާޓާ އެއްކުރުމާއި، އެންޓަރކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  4. އިނގިރޭސިބަހުގެ ގަވާއިދުތަކާއި ހަމަތަކަށް އަހުލުވެރި، އެ ބަހުން ވާހަކަދައްކައި، ލިޔެކިޔުމުގެ ހުނަރު ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޕްރިނޭޓަލް / ބާރތް ޑިފެކްޓް ޑާޓާބޭސްއަށް ބޭނުންވާ މަޢުލޫމާތު އެންޓްރީކުރުމަށްޓަކައި ބޭނުންވާ ފޯމުތައް ކަމާބެހޭ ޑިޕާޓްމަންޓްތަކުން އެއްކޮށް، ދުވަހުން ދުވަހަށް އެންޓްރީކުރުމާއި، ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

މަސައްކަތް ކުރަންޖެހޭ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ސިޓީ.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެކޮޕީ (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ ކޮޕީ)
  3. ވަނަވަރު
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ ކޮޕީ)
  5. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުން.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފެރެންސް ލިޔުމުގެ ކޮޕީ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އެޕްރީލް 20 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ސިޓީ ހުށަހެޅުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއު  އޮންނާނީ،  2016  ވަނަ  އަހަރުގެ  މޭމަހުގެ  ކުރީކޮޅުގައި،  މިނިސްޓްރީ  އޮފް  ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3014437 އެވެ.

29 ޖުމާދަލްއާޚިރާ 1437
07 އޭޕްރިލް 2016