ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)223/1/2016/1
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 12 އޭޕްރިލް 2016 15:00
ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޕިއޯނެއްގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ޕިއޯން
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕިއޯން

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/3100 ރުފިޔާ

 

މި މަޤާމަށް ލިބޭ އެލަވަންސް:

ލިވިންގ އެލަވަންސް: -/1000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް: މުސާރައިގެ %40

އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި އަމުރު ފަދަ ތަކެތި ރައްދުކުރުމާއި، އޮފީހަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތްކުރުން.

- މަސައްކަތު މީހާ ޗުއްޓީއާއި ސަލާމުގައި ހުންނަ ދުވަސްތަކުގައި މަސައްކަތުމީހާ ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

- އޮފީސް ހުޅުވައި ލެއްޕުން ހަވާލުކުރެވިއްޖެނަމަ، އެކަމާބެހޭ މަސައްކަތްކުރުން.   

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މި ޓްރައިބިއުނަލް (ކުރީގެ ހެލްތު މިނިސްޓްރީގެ ދެވަނަ ފަންގިފިލާ) އަށް،  ވަޒީފާއަށް  އެދޭ  ފޯމާއި،  އެހެނިހެން  ލިޔުންތައް  ހުށަހެޅުން   އެދެމެވެ.  ވަޒީފާއަށް  އެދޭ  ފޯމު،  މި  ޓްރައިބިއުނަލުން  ލިބެން ހުންނާނެއެވެ. އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓް www.tat.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ވަޒީފާގެ މަސްއޫލިއްޔަތާއި، އެ ވަޒީފާގައި ހޭދަވި މުއްދަތާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް)
  3. ތަޢުލީމީ ސެޓުފިކެޓެއް ލިބިފައިވާނަމަ، އެ ސެޓުފިކެޓެއްގެ ކޮޕީ.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

25 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016