ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2016/77
ޕަބްލިޝްކުރި ތާރީޚް: 04 އެޕްރީލް 2016
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 18 އެޕްރީލް 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފިނޭންސް އޮފިސަރ

އައްޑޫސިޓީ، ފުވައްމުލައް އަދި ހުވަދުއަތޮޅުގެ ރަށްރަށް ހިމެނޭ ގޮތަށް ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ފިނޭންސް އޮފިސަރ

ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް އެކެއް (01) ފިނޭންސް އޮފިސަރ ހޯދުމަށް ބޭނުންވެއެވެ.

ފިނޭންސް އޮފިސަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތަކުގެ މަޢުލޫމާތު ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން މެނޭޖްކުރުމާއި އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ހިންގުމާ ހަވާލުވެފައިވާ ފަރާތަށް ޕްރޮޖެކްޓުގެ ޢަމަލީސިފަ ގެނައުމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތު ހިއްސާކުރުމުގައި އަދި ޕްރޮޖެކްޓާ ބެހޭގޮތުން މުޢާމަލާތްކުރުމުގައި އެހީތެރިވެދިނުމާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

ފިނޭންސް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ފައިނޭންސް ނުވަތަ އެއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލުކޮށްފައިވުން.

ށ) ފިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާގައި މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

ނ) ޕްރޮޖެކްޓް ފައިނޭންސް އާއި ގުޅޭ މަސައްކަތްތައް މެނޭޖްކުރުމުގެ ނުވަތަ ސުޕަވައިޒް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

ރ) ޕްރޮކިއުމަންޓްގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

ބ) އެކައުންޓިންގ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި އަހުލުވެރިވެފައިވުން.

- އަމިއްލަ މަސައްކަތް ތަރުތީބުކަމާއެކު ފުރިހަމަ ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން. އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.  

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ހަވާލުކުރެވިފައިވާ މަޤާމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަން ކުރެވޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް -/20,000 ރުފިޔާއާއި -/25,000 ރުފިޔާއާއި ދެމެދުގެ އެލަވަންސެއް ދެވޭނެއެވެ.

މި މަސައްކަތުގެ މުއްދަތަކީ ސަތިރީސް (36) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 ، 3018431 އަށް ގުޅުއްވުން އެދެމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

04 އެޕްރީލް 2016