ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)307/INDIV/2016/23
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި:
10 އެޕްރީލް 2016 13:30
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މުނިސިޕަލް ސަރވިސް އޮފިސަރ
މަޤާމުގެ ނަންބަރު: 278572
ސަރވިސް: ސިވިލް ސަރވިސް ގުރޭޑް 10
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކުލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގުރޭޑް 1 / ޓެކްނިކަލް އޮފިސަރ ގުރޭޑް 1
ބޭނުންވާ އަދަދު: 1 (އެކެއް)
އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ސެކްސަން: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް
މުސާރަ: މަހަކު -/5،610 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
|
އެހެނިހެން ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
|
|
މަޤާމުގެ ޝަރުޠު:
|
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖް މެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖް މެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެކައުންޓންގ އެންޑް ފައިނޭންސް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖް މެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، އެކަންކަމާ ގުޅޭ އެންމެހައި ކަންތައްތަކަށް ޖަވާބުދާރީވުން.
- ކުއްޔަށް ދޫކުރެވޭ ބިންތަކާއި ކުޅިވަރު ބިންތައް ބެލެހެއްޓުމާއި، އެކަންކަމާ ގުޅޭ އެންމެހައި ކަންތައްތަކަށް ޖަވާބުދާރީވުން.
- ރަށްވެހީންގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ރަށްވެހިނުވެ ރަށުގައި ދިރިއުޅޭ މީހުންގެ ރަޖިސްޓްރީއާއި ބިދޭސީންގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
- ބޭންކް އެކައުންޓްތަކާއި، އެކަމާ ގުޅުންހުރި އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.
- އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، އެކަންކަމާ ގުޅޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކުރުން.
- ދަނޑުވެރިކަމާ ގުޅިގެން ކައުންސިލުން ރާވާ ހިންގާ އެންމެހައި ކަންކަން ކުރުމާއި، އެކަންކަން ބެލެހެއްޓުން.
- މަގުބައްތިތައް ދިއްލައި ބެލެހެއްޓުމުގެ އިދާރީ މަސައްކަތް ކުރުން.
- މިސްކިތްތަކާއި ގަބުރުސްތާނު ބެލެހެއްޓުމުގެ އިދާރީ މަސައްކަތް ކުރުން.
- ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ގެސްޓްހައުސްތަކާއި، އާންމު މާރުކޭޓްތަކުގެ ކަންތައްތައް ބަލައި، އިޞްލާޙި ފިޔަވަޅުއެޅުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހިންގާ ތަރައްޤީގެ ޕްރޮގްރާމުތައް ބެލެހެއްޓުމާއި، ކޮމިޓީއަށް އެހީތެރިކަން ދިނުން.
- ބަނދަރު ސަރަހައްދާއި، އިޖުތިމާޢީ ސަރަހައްދު ކުނިކަހައި ސާފުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން.
- އާސާރީ ތަންތަން ބެލެހެއްޓުމާއި، ޘަޤާފީ ކަންކަން ދިރުވައި އާލާކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން.
- ޕްރީ ސްކޫލުގެ ޚިދުމަތްތަކާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
- ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން، ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
- ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ހާޒިރުނުނުވެވޭގޮތް ދިމާވެއްޖެނަމަ، ޔުނިޓުގެ އިންޗާޖް ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތް ކުރުން.
- ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
- މީގެ އިތުރުން، ކައުންސިލުން ކުރަންޖެހޭ މުނިސްޕަލް ސަރވިސްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް، ޔުނިޓު ހެޑް ނުވަތަ ޒިންމާ ދާރުވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން ކުރުން.
|
|
ވަޒީފާށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:
|
1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.
2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި ބޭނުންވާ ސިފަތައް.
|
|
އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:
|
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، ރ. އުނގޫފާރުގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި، ގަޑިއާއި، ތަނާބެހޭ މަޢުލޫމާތު، މަސައްކަތު 5 ދުވަހުގެ ކުރިން، ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.
- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަނޅު ފަރާތްތަކާއެވެ.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:
|
މި ވަޒީފާއިން އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 އެޕްރީލް 10 ވާ އާދީއްތަދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އިންނަމާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ފޯމު ހުށަހަޅަން ހާޒިރުވާއިރުގައްޔާއި، އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
|
އިތުރު މައުލޫމާތޫ:
|
މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ރ. އިންނަމާދޫ ކައުންސިލް އިދާރާގެ 6580052 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކުސް ނަންބަރަކީ، 6580052 އެވެ. މެއިލް އެޑްރެހަކީ، [email protected] އެވެ.
|
22 ޖުމާދަލްއާޚިރާ 1437