ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް ޔޫތު އެންޑް އެންޑް ސްޕޯޓްސްގެ ބޭނުމަށް، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު IUL)13-K1/13/2016/25) އިޢުލާނުގައިވާ ބައެއް މަސައްކަތްތަކުގެ ސްކޯޕަށް ބަދަލު އައިސްފައިވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
|
މަސައްކަތް |
ޕްރޮޖެކްޓް ނަންބަރު |
ބިޑް ސެކިޔުރިޓީގެ އަދަދު |
|
ހއ. ތަކަންދޫ ސްޕޯޓްސް އެރީނާ (ފުޓްސަލްގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް) |
TES/2016/W-33 |
-/20,000ރ |
|
ހއ. މާރަންދޫ ސްޕޯޓްސް އެރީނާ (ފުޓްސަލްގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް) |
TES/2016/W-32 |
-/20,000ރ |
|
ހއ. ފިއްލަދޫ ސްޕޯޓްސް އެރީނާ (ފުޓްސަލްގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް) |
TES/2016/W-31 |
-/20,000ރ |
|
ހދ. ވައިކަރަދޫ ސްޕޯޓްސް އެރީނާ (ފުޓްސަލްގްރައުންޑް، ވޮލީބޯލް ކޯޓް) |
TES/2016/W-30 |
-/9,000ރ |
|
ހދ. ނޮޅިވަރަންފަރު ސްޕޯޓްސް އެރީނާ (ފުޓްސަލްގްރައުންޑް) |
TES/2016/W-29 |
-/20,000ރ |
|
ހދ. ނޭކުރެންދޫ ސްޕޯޓްސް އެރީނާ (ފުޓްސަލްގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް) |
TES/2016/W-28 |
-/20,000ރ |
|
ހދ. ނެއްލައިދޫ ސްޕޯޓްސް އެރީނާ (ފުޓްސަލްގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް) |
TES/2016/W-27 |
-/20,000ރ |
|
ހދ. މަކުނުދޫ ސްޕޯޓްސް އެރީނާ (ވޮލީބޯލްކޯޓް އަދި ބަށިކޯޓް) |
TES/2016/W-26 |
-/5,000ރ |
|
ހދ. ކުމުންދޫ ސްޕޯޓްސް އެރީނާ (ފުޓްސަލްގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް) |
TES/2016/W-25 |
-/20,000ރ |
|
ހދ. ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ (ފުޓްސަލްގްރައުންޑް) |
TES/2016/W-24 |
-/17,000ރ |
2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަންވާނެއެވެ.
3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
GC01-2 , GC01-1 އަދި 3GC01-3
4. މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 މާރިޗު 2016 އިން 17 އެޕްރީލް 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
5. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
6. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
7. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 އެޕްރީލް 11 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
8. ބީލަން ހުޅުވުން އޮންނާނީ 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:00ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349102 3349106
ފެކްސް: 3320706 3324432
އީމެއިލް: [email protected]
ކޮޕީ: [email protected]