ވަޒީފާގެ ފުރުޞަތު
ނަންބަރު: 395-C(A)/2016/022
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 17:19
ސުންގަޑި: 04 އޭޕްރިލް 2016 13:30
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުން:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އައިޑީ ކާޑު ހެދުމުގެ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި،  އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

2- އެއްގަމު އުޅަނދުގެ ލައިސަންސް ހެދުމުގެ އެންމެހައި އިދާރީ މަސައްކަތް ކުރުމާއި، އެކަމާ ގުޅުންހުރި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.

3- މަސްވެރިކަމުގެ ލައިސަންސާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

4- ދަނޑިވެރިކަމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

5- ރަށުގެ އާސާރީ ތަންތަނުގެ ދަފުތަރު ބަލަހައްޓައި، އިދާރާއިން އަންގާގޮތެއްގެމަތިން އެ މަސައްކަތް ކުރުން.

6- ކަރަންޓާއި، ލޯނާއި، ސަބްސިޑީއާއި، މިކަމާ ގުޅުންހުރި މިނޫން އެންމެހައި ކަންކަންވެސް އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުން.

7- އިދާރާގެ ސެކިއުރިޓީކުރާގޮތް ސުޕަވައިޒުކޮށް ބެލެހެއްޓުން.

8- އަލަށް އުފަންވާ ކުދިންނާއި، މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން.

9- ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުން.

10- ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ރަށްވެހިނުވެ ދިރިއުޅޭ މީހުންގެ ތަފާސްހިސާބު ބެލެހެއްޓުން.

11- ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންކަން ކުރުން.

12- އުފަންދުވަހުގެ ރަޖިސްޓްރީއާއި ސެޓްފިކެޓް ހަދައިދިނުން.

13- 65 އަހަރުން މަތީގެ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އެކަމާ ގުޅުން ހުރި އެންމެހައި ކަންތައްތައް ކުރުން.

14- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ރަޖިސްޓރީ ބެލެހެއްޓުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންތައްތައް ކުރުން. 

15- ފާހަގަކުރާ ރަސްމީ ދުވަސްތަކާއި މުނާސަބަތުތައް، އިދާރާއިން އަންގާ ގޮތެއްގެ މަތިން އިންތިޒާމުކުރުން.

16- ކައުންސިލް އިދާރާއަށް ބޭރުން ލިބޭ ތަކެތި ބަލައިގަނެ، އެ ތަކެތި ހުޅުވައި، އެންޓުރީ ސިސްޓަމުގައި ރަޖިސްޓްރީކުރުމާއި، އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ތަކެތި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

17- އިދާރާއަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި، އިދާރާއިން ބޭރަށް ފޮނުވާ ލިޔެކިޔުންތައް ފައިލްކޮށް، ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހާލަތެއްގައި އެ ބޭނުންވާ ސެކްޝަން/ޔުނިޓަކަށް ހޯދައި ފޮޓޯކޮޕީ ނަގައި ހަވާލުކުރުން.

18- އަންނަ ފޯނު ކޯލުތަކަށް ޖަވާބުދިނުމާއި، ރަނގަޅު މަޢުލޫމާތު ފޯރުވައިދެވޭނެ ފަރާތަކަށް ފޯނުކޯލްތައް ޕާސްކުރުން.

19- ސެކްޝަަން/ޔުނިޓްތަކަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހޯދައި، ގަވައިދުން ބެލެހެއްޓުން.

20- ސެކްޝަން/ޔުނިޓްތަކަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑް ކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި، ފެކްސް/މެއިލް ކުރަންޖެހޭ ލިޔެކިޔުންތައް ގަވައިދުން ފެކުސް/މެއިލްކުރުމާއި، ބައެއްކަހަލަ ލިޔުކިޔުންތައް ފޯމެޓްކުރުން.

21- ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި، މިސްކިތު މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީ ސަލާމުގެ ރެކޯޑާއި، އިދާރީ ބައިގެ އެންމެހައި ލިޔެކިޔުންތައް ގަވައިދުން ބެލެހެއްޓުން.

22- ކައުންސިލްގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކޮށް ހަވާލުކުރުމާއި، ބައްދަލުވުންތައް އިންތިޒާމްކުރުން.

23- ކައުންސިލް ބައްދަލުވުންތަކުގެ ނިންމުންތަކާއި، ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމާއި، އެތަކެތި މެންބަރުންނަށް ފޮނުވުމާއި، ފާސްކުރެވޭ ޔައުމިއްޔާތައް ފައިލްކޮށް ބެލެހެއްޓުން.

24- ކައުންސިލްގެ އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފުރިހަމަކުރުމާއި، މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފުރިހަމަކުރުން.

25- ރަށަށް ވަޑައިގަންނަވާ ވަފުދުތަކާއި، އެކިއެކި ބޭފުޅުން ކައުންސިލާ ބައްދަލުކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

26- ކައުންސިލް ފަރާތުން ރައްޔިތުންނާ ބައްދަލުކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

27- އިދާރީ ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ މެސެޖު އެންމެހައި ލިޔެކިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

28- ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން ކުރިން، މި މަޤާމަށް އެދުނު ފަރާތްތަކަށް ލިއުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ، 2016 އެޕްރީލް 4 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، އިސްދޫ ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް، www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ލިޔުމުގެ ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.)

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.) 

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (އިންޓަވިއުއަށް ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.)

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 މޭ 2015 ގައި ޢަމަލުކުރަން ފަށްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިތުރު މަޢުލޫމާތު:

- މަޤާމަށް  އެދި  އެޕްލިކޭޝަން  ފޯމާއެކު  ހުށަހެޅި  ލިޔުންތަކުގެ  އަސްލު،  އިންޓަވިއުއަށް  ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ހަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ގަޑީގައި، 6800709 ނަންބަރު ފޯނާއެވެ.

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016