ވަޒީފާގެ ފުރުޞަތު
ނަންބަރު: GS209/IUL/2016/007
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 1157
ސުންގަޑި: 31 މާރިޗު 2016 1300
ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

މި ސްކޫލަށް ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރިންޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމް ނަންބަރު:

188-0D/22/2016/9

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމް އޮތް އޮފީސް:

ފިޔޯރީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ

މުސާރައާއި އެލަވަންސް:

މުސާރަ: މަހަކު -/3875 ރުފިޔާ، ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

މަޤާމުގެ ޝަރުޠުތައް:

- އިންފޮމެޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އިންފޮމެޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޕްރިންޓްކުރަންޖެހޭ ތަކެތި ޕްރިންޓްކުރުން.
  • ޕްރިންޓްކުރާ ތަކެތީގެ ކޮޕީ ފައިލްކޮށް ބެލެހެއްޓުން.
  • ޕްރިންޓްކުރުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީޒްތައް ސަރވިސްކުރުވައި ބެލެހެއްޓުން.
  • ޕްރިންޓްކުރުމަށް ބޭނުންވާ ކަރުދާހާއި ދެލިފަދަ ތަކެތި ދުރާލައި ހޯދުން.
  • ޕްރިންޓްރޫމް ސާފުކުރުވައި ތަރުތީބުކޮށް ބެލެހެއްޓުން.
  • ހަވާލުކުރެވޭ ތަކެތި ލެމިނޭޓްކުރުމާއި، ބައިންޑްކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:            

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އިންޓަވިއު ކުރުން:

ހ. ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ބާއްވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސުކޫލުގެ ކައުންޓަރުން ވެސް މި ފޯމު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފިޔޯރީ ސްކޫލަށެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ. އީމެއިލް ކުރާނީ، ސުންގަޑި ހަމަވުމުގެ ކުރިންނެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ފިޔޯރީ ސްކޫލުގެ 7983086 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

12 ޖުމާދަލްއާޚިރާ 1437

2016-03-21