ދިވެހިރާއްޖެ
އިޢުލާން
ފަރުމާ: ޔޫތު އާރޓް އެންޑް އިނޮވޭޝަން ފެއަރ 2016 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ސުރުޚީގައި ދަންނަވާފައިވާ ފެސްޓިވަލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ފަރުމާއަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މޭ 24 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފެއަރއެކެވެ. މި އިވެންޓްގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ޒުވާނުންނަށް، އެޒުވާނުންގެ ކިބައިގައި ހުރި އެކިއެކި ފަންނުވެރި ހުނަރުތައް ދައްކައިލުމުގެ ފުރުޞަތު ހުޅުވާލައި، އެކިއެކި އުފެއްދުންތައް އާންމުންނަށާއި އެކިއެކި ކުންފުނިތަކަށް ދައްކާލުމުގެ ފުރުޞަތު ހުޅުވާލަދީ، ފަންނުވެރިކަމުގެ ރޮނގުން ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ދޮރުތައް ހުޅުވާލަދިނުމެވެ. މީގެ އިތުުރުން، މިފެއަރއަކީ ޒުވާނުންގެ އެކި އުފެއްދުންތައް މާކެޓްކޮށް، ވިއްކުމުގެ ފުރުޞަތު ފަހިވެގެންދާނެ ޕްލެޓްފޯމެކެވެ.
މި ފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 02 (ހޯމަ) ދުވަހުގެ 12:00ގެ ކުރިން ޒުވާނުންގެ މަރުކަޒަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުން (ވެލާނާގޭގެ 3 ވަނަ ފަންގިފިލާ)، މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އަދި މާފަންނު ޒުވާނުންގެ މަރުކަޒުގެ ކައުންޓަރުންނެވެ.
ރަށްރަށުން ފޯމު ހުށަހަޅާނަމަ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އަތޮޅު ޒުވާނުންގެ މަރުކަޒު ނުވަތަ ރަށުގެ ޒުވާނުންގެ މަރުކަޒުތައް މެދުވެރިކޮށެވެ. މީގެ އިތުރުން މިޕްރޮގްރާމަށް ޚާއްޞަކުރެވިފައިވާ އީމެއިލް، [email protected] އިންވެސް ފޯމު ބަލައިގަތުން ވަނީ ހަމަޖެހިފައެވެ.
ސްޓޯލްތައް ދޫކުރަން ހަމަޖެހިފައިވަނީ ވަކި އަދަދަކަށް ކަމަށްވާތީ، ސްޓޯލްތައް ދޫކުރުމުގައި އިސްކަންދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އިން ލިބިވަޑައިގަންނަވާނެއެވެ.
06 ޖުމާދަލްއާޚިރާ 1437