|
މަޤާމު: އެސިސްޓެންޓް އޮފިސަރ
|
|
މުސާރައާއި އެލަވަންސް:
|
މަހަކު -/8400 ރުފިޔާ
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް:
|
ފައިނޭންސް
|
|
މަޤާމުގެ ޝަރުޠު:
|
ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން، ނުވަތަ ޖީސީ އޭލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެކިފަރާތްތަކަށް ކުންފުނިން ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ހަދަންޖެހޭ ވައުޗަރާއި ޗެކް، ގަވާއިދުން ހަދައި، ހޯދަންޖެހޭ ހުއްދަ ހޯދައި ނިންމުން.
- ވައުޗަރުތަކަށް ބޭނުންވާ ފައިސާ ދޭންޖެހޭކަމުގެ އަސްލު ލިޔުންތައް ހޯދައި، އެ ލިޔުންތައް ހަމަކޮށް (އޯސީ، ރިކުއެސްޓް ފޯމު، މުދަލަށް އޯޑަރުކުރާ ފޯމު، އިންވޮއިސް، ފައިސާ ޚަރަދުކުރުމަށްޓަކައި ބަލަންޖެހޭ ބެލުންތަކާބެހޭ ފޯމާއި އެއްބަސްވުން ފަދަ ލިޔުންތައް) ޗެކްކޮށް، އެ ލިޔުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކުން ސޮއިކުރުވާފައި ހުރިތޯ ބަލައި، އެއްވެސް ލިޔުމެއް ފުރިހަމަނުވާނަމަ، ފުރިހަމަނުވާކަމެއް ރަނގަޅުކުރުވައި، ދޭންޖެހޭ ފައިސާއަށް އުނިއިތުރެއް ނުވަތަ ޖޫރިމަނާއެއްވާނަމަ، އެކަން ފާހަގަކޮށް ޑިޕާޓްމަންޓް ހެޑުގެ ލަފާގެމިތިން އެކަން ހަމަޖެއްސުން.
- މުވައްޒަފުންގެ މުސާރަ ގަވާއިދުން ދިނުމަށްޓަކައި އެޗް.އާރް އިން ލިބޭ މައުލޫމާތުތަކާއި، ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުން ގެންދިއުން.
- ޑިޕާޓްމަންޓަށް ލިބޭ ބިލްތަކުގެ ޖީ.އެސް.ޓީ ކޮންމެ މަހެއް ނިމުމުން ނަގައި، އެކައުންޓްސް ޔުނިޓާ ހަވާލުކުރުން.
- ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ބިލްތަށް ޕީވީ ހެދުމަށްފަހު ފޮނުވުމާއި، ސޮފްޓްވެއަރއަށް އެންޓަރކުރުން.
- ޕްރޮގްރާމް ޑިޕާޓްމަންޓުން ފޮނުވާ ޕްރޮގްރާމް ޕްރޮޕޯސަލްތައް ލިބުމުން، އެއާ ހަވާލުވެ، އޭގެ ޚަރަދު ހިނގަންފެށުމުން، ބަޖެޓް ސުޕަވައިޒުކުރަމުން ގެންދިއުން.
|
|
ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓުފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.
|
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 20 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިއުންތައް ހުށަހެޅުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
|