ނީލަން
ނަންބަރު: (IUL)384-B/2016 /27
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:32
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަނެއް ނީލަމުގައި ވިއްކާލުން

އިޢުލާން

ސުނާމީކާރިޘާއާ ގުޅިގެން ރެޑްކްރޮސްގެ ފަރާތުން ތަކެތި ރައްކާކުރުމަށް ބޭނުންކުރި ގުދަން ސިޓީލާ ނީލަމުގައި ވިއްކާލުން

ސުރުޚީގައި ދަންނަވާފައިވާ ގުދަން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.  

ގުދަނާބެހޭ މަޢުލޫމާތު

  • މި ގުދަނަކީ ރާވާލާގޮތަށް ތައްޔާރުކޮށްފައިވާ ގުދަނަކަށްވާތީ ގުދަން މިހާރުވަނީ ރޫޅާލައި ކައުންސިލް އިދާރާގެ ބެލުމުގެދަށުގައިވާ ގުދަނުގައި ބެހެއްޓިފައެވެ.   

ނީލަން ފެށޭ އަގަކީ -/30000ރ (ތިރީސްހާސްރުފިޔާ) އެވެ. މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ -/1000ރ (އެއްހާސް ރުފިޔާ) އެވެ. މިނީލަމުގައި ބައިވެރިވާ ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި -/3000ރ ބަހައްޓަން ޖެހޭނެއެވެ. ނީލަމަށް އެންމެފަހުން ހުށަހެޅޭ އަގަށް (އަގު ހުށަހަޅާ ދުވަސް ފިޔަވައި) ބަދަލެއް ނައިސް ވިދިވިދިގެން ރަސްމީ 3 ދުވަސް ވެއްޖެނަމަ އެއަގަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަމަށް ހުށަހެޅޭ އެންމެމަތީއަގު ކޮންމެދުވަހަކު ކައުންސިލް އިދާރާ ބަންދުވުމުގެކުރިން ނޯޓިސްބޯޑަށް ނެރެވޭނެއެވެ. ގުދަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތ. މަޑިފުށީ ކައުންސިލް އިދާރާއަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ނީލަން ކާމިޔާބުކުރައްވާ ފަރާތަކުން 10 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު 20 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ.

ގުދަނާބެހޭ އިތުރު މަޢުލޫމާތު 7979045 ، 6780034 ނަންބަރު ފޯނާ ގުޅުއްވުމުންވެސް ސާފުކޮށްދެވޭނެއެވެ.  

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖުމާދަލްއޫލާ 1437

06 މާރިޗު 2016