ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2016/25
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 14 މާރިޗު 2016 13:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހަށް ބަދަލު ދިނުމާބެހޭ

އިޢުލާން

ރުއްގަހަށް ބަދަލު ދިނުމާބެހޭ

މިރަށު މަގުތައް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން ދަންޑަހިލުހިނގުން (އަތިރިމަތިން ހެދުމަށް ހަމަޖެހިފައިވާ މަގު) ހެދުމުގެ މަސައްކަތް މިމަހުގެ މެދެއްހާ ހިސާބުގައި ފެށުމަށް ހަމަޖެހިފައިވާތީ މި މަގުގައިހުރި ރުއްގަހަށް ބަދަލު ދިނުމަށްޓަކައި ކަޅުކުލައިގެ ދަވާދުން ރަސްގެ ލުމަށްފަހު ވަކި ނަންބަރުތަކެއް ވާނީ ޖަހާފައެވެ.

ވީމާ، މި ރުއްގަހުގެ ވެރިފަރާތުން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ލިސްޓު ނަންގަވާ 14 މާރިޗު 2016 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅާ ރުއްގަހުގެ ވެރިފަރާތެއްނެތީކަމުގައި ބެލެވޭނެކަށް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016