މަސައްކަތް
ނަންބަރު: (IUL)373-PP/373/2026/43
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 30 ނޮވެންބަރު 2026 13:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަސްމިލިޔަންގަސް ނާސަރީ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

ފަސްމިލިޔަންގަސް ނާސަރީ ހެދުމުގެ މަސައްކަތްތައް، މި އިދާރާއިންދޭ ނަމޫނާއާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި، ކޮށްދެވިދާނެ ފަރާތެއް ހޯދަން ބޭނުންވާތީ އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2026 ނޮވެމްބަރ 30 ވާ ހޯމަ ދުވަހުގެ 13:00އަށް ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2026 ޑިސެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ކައުންސިލަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރަން ދުރުވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީ މި އިދާރާގެ 6740015 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖުމާދަލްއާޙިރު 1448

26 ނޮވެންބަރު 2026