ދިވެހިރާއްޖެ
އދ. މާމިގިލީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް – 2026 އިންތިޒާމް ކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެ އެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2026 ނޮވެމްބަރ 29 ން 2026 ޑިސެމްބަރ 1 ވާ އަންގާރަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/200ރ ( ދުވިސައްތަ ރުފިޔާ ) ބިޑް ހުށަހަޅުއްވާނީ 2026 ޑިސެމްބަރ 7 ވަނަ ދުވަހުގެ 13:00 އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. މި ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ މިކައުންސިލްގެ [email protected] އަށް ލިޔުމުން މެއިލްކުރުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.