ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2026/91
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި:
09 ޑިސެންބަރު 2026 11:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކައުންސިލްގެ ބޭނުންތަކަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ ބޭނުންތަކަށާއި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކަށް (އުޅަނދުފަހަރާއި، ޖަނަރޭޓަރު އަދި އެހެނިހެން މެޝިނަރީތަކަށް) ބޭނުންވާ ޑީސަލާއި ޕެޓްރޯލް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން:
- މަޢުލޫމާތު ސާފުކުރުން: 01 ޑިސެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. (މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.)
- އަންދާސީހިސާބު ހުށަހެޅުން: 09 ޑިސެމްބަރ 2026 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އިވޭލުއޭޓް ކުރާނެ މިންގަނޑު:
- ހުށަހަޅާ އަގު: %70 (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް ލިބޭ އުޞޫލުން (ޑީސަލް %35، ޕެޓްރޯލް %35).
- ކްރެޑިޓް ފެސިލިޓީ / މުއްދަތު : %20 (ބިލް ހުށަހެޅުމުން ފައިސާ ދެއްކުމަށް އެންމެ ދިގު މުއްދަތެއް ދޭ ފަރާތަކަށް ގިނަ ޕޮއިންޓް ލިބޭ އުޞޫލުން)
- މަސައްކަތުގެ ތަޖުރިބާ: (މިފަދަ މަސައްކަތެއް ކޮށްފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔުންތަކަށް ބަލައި، ކޮންމެ ލިޔުމަކަށް އެއް ޕޮއިންޓް (ގިނަވެގެން 5 ލިޔުމަށް 10 ޕޮއިންޓް
އިތުރު މަޢުލޫމާތު:
މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 6820020، މޯލްބައިލް: 7916100
އީމެއިލް:[email protected]
26 ނޮވެންބަރު 2026