ކުއްޔަށް ހިފުން
ނަންބަރު: GS210/IUL/2026/21
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި:
07 ޑިސެންބަރު 2026 13:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2027 ވަނަ އަހަރު އުނގޫފާރު ސްކޫލަށް ގުދަނެއްކުއްޔަށްދޭނެ ފަރާތެއް ހޯދުން
މި އިޢުލާންވަނީ 25 ނޮވެންބަރު 2026 12:30 ގައި ބާތިލް ކުރެވިފައެވެ.
2027 ވަނަ އަހަރު އުނގޫފާރު ސްކޫލަށް ގުދަނެއްކުއްޔަށްދޭނެ ފަރާތެއް ހޯދުން.
- 2027 ވަނަ އަހަރު މި ސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ދޫކުރުމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 26 ން 2026 ޑިސެމްބަރ 01 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ."ބިޑް ރަޖިސްޓްރީ ފޯމް"ފޮނުވަންވީ އީމެއިލް: [email protected]
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޑިސެމްބަރ 03 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ޑިސެމްބަރ 03 ވާ އާދިއްތަ ދުވަހުގެ 13:00ގައި އުނގޫފާރު ސްކޫލުގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޑިސެމްބަރ 07 ވަނަ ދުވަހުގެ 13:00 ގައި އުނގޫފާރު ސްކޫލުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމެންޓް ސެކްޝަން:
އުނގޫފާރު ސްކޫލް،
އުނގޫފާރު، ދިވެހިރާއްޖެ.
ފޯން: 6580262
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
15 ޖުމާދަލްޢާޚިރާ 1448
25 ނޮވެމްބަރ 2026
25 ނޮވެންބަރު 2026