ކުއްޔަށް ހިފުން
ނަންބަރު: (IUL)23-PD(PMS)/23/2026/407
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 01 ޑިސެންބަރު 2026 17:00
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ވ. ފެމިލީ އެންޑް ޗިލްޑްރަންސް ސާރވިސަސް ސެންޓަރ (ވ. އެފް.ސީ.އެސް.ސީ) ހިންގުމަށްޓަކައި، 02 ކޮޓަރީގެ އިމާރާތެއް 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފުމަށް

އިޢުލާން 

ވ. ފެމިލީ އެންޑް ޗިލްޑްރަންސް ސާރވިސަސް ސެންޓަރ (ވ. އެފް.ސީ.އެސް.ސީ) ހިންގުމަށްޓަކައި، 02 ކޮޓަރީގެ އިމާރާތެއް 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުން ފެށިގެން 01 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 17:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ޑިސެންބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

14 ޖުމާދަލްއާޚިރާ 1448ހ.

23 ނޮވެންބަރު 2026