ދިވެހިރާއްޖެ
|
އިޢުލާން |
|||
|
އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އޭޖެންސީއިން މާލެ ސަރަހައްދުގައި އެއްގަމު ދަތުރު ކުރުމަށް ވެހިކަލެއް (ވޭން) ގަންނަން ބޭނުންވެއެވެ. ގަންނަން ބޭނުންވާ ވެހިކަލްގެ ސްޕެސިފިކޭޝަން އާއި އެހެނިހެން މަޢުލޫމާތު، އިޢުލާންގެ މަޢުލޫމާތު ޝީޓްގައި (ބިޑިންގ ޑޮކިއުމަންޓް) ބަޔާންކުރެވިފައިވާނެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުން ފެށިގެން 02 ޑިސެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބީލަމަށް ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް އަދި އިޢުލާނުގެ މަޢުލޫމާތު ޝީޓް (ބިޑިންގ ޑޮކިއުމަންޓް) އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
|||
|
|
ތާރީޚް |
ގަޑި |
ތަން |
|
އަންދާސީ ހިސާބު ހުށަހެޅުން |
03 ޑިސެމްބަރ 2026 (ބުރާސްފަތި) |
10:00 (މެންދުރުކުރި) |
- ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / ދެވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ) |