ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށައެޅުމުގެ ދަޢުވަތު-ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ މަސްޖިދުއް ޛިކްރާގައި ވުޟޫޢު ކުރާތަނަކާއި، 02 ފާޚާނާގެ އިތުރުން ސްޓޯރޫމެއް އަމިއްލަތަކެތީގައި ހަދާދޭނެ ފަރާތެއް ހޯދުން.
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ މަސްޖިދުއް ޛިކްރާގައި ވުޟޫޢު ކުރާތަނަކާއި، 02 ފާޚާނާގެ އިތުރުން ސްޓޯރޫމެއް އަމިއްލަތަކެތީގައި ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން ހުޅުވާލަމެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިތުރު މަޢުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުންނެވެ.އަދި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 30 ނޮވެންބަރު 2026ވާ ހޯމަ ދުވަހުގެ ނިޔަލަށް ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ނޮވެންބަރު 2026ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
މި ބިލާމާގުޅިގެން ޕްރީބިޑް މީޓިންގް އޮންނާނީ 26-11-2026 ވާ ބުރާސްފަތި ދުވަހު 13.00 ގައި ދ. މީދޫ ކައުންސިލް އިދާރާގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 01 ޑިސެންބަރު 2026ވާ އަންގާރަ ދުވަހުގެ 13:00ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް [email protected] އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.