ދިވެހިރާއްޖެ
ހއ. އަތޮޅުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމާއި، ހުނަރުވެރި އަންހެން ވޮލީބޯޅަ ކުޅުންތެރިން ބިނާކުރުމާއި، ރަށު ފެންވަރުގައި ތިބި ހުނަރުވެރި ވޮލީ ކުޅުންތެރިން ފާހަގަކޮށް އެފަރާތްތަކަށް ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން، ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަގުޞަދުގައި މި ކޮމިޓީން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ " ޑަބްލިޔު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2026"، 2026 ޑިސެންބަރ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ހއ. އިހަވަންދޫގެ އަންހެން ވޮލީ ކުޅުންތެރިންނަށް (ޓީމުތަކަށާއި)، އިހަވަންދޫ ފިޔަވައި، ހއ އަތޮޅުގައި ހުރި ކުލަބް ޖަމިއްޔާތަކަށާއި ސަރުކާރުގެ މުވައްސަސާތަކަށް ހުޅުވައިލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން، 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/knzxFghSMtJzz6FN6
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.