ބީލަން
ނަންބަރު: (IUL)307/INDIV/2026/68
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:56
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލެޑް ޕެނަލް ސްކްރީން (ލެޑް ވޯލް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

  އިޢުލާން 

ލެޑް ޕެނަލް ސްކްރީން (ލެޑް ވޯލް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، ލެޑް ޕެނަލް ސްކްރީން (ލެޑް ވޯލް) މި އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން، މި މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް މި ބީލަމަށް ފުރުސަތު ހުޅުވާލަމެވެ. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ގޮތުގެ މަތިން އަމަލު ކުރެއްވުންވުމުން މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

  1. 1.     ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:
  • 2026ޑިސެމްބަރ 3ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލުން ލިބެންހުންނާނެއެވެ.
  • ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/100 ރުފިޔާއެވެ.
  • ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ  ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށަހެޅުއްވުން އެދެމެއެވެ.
  • ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބީލަމާއިގުޅޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެއެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. 
  • ·       އެކައުންޓް ނަންބަރު: 7717700406001
  • ·       އެކައުންޓް ނަން: 1348 Revenue-1
  • ·     މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ، ކުލަބް ޖަމުއިއްޔާތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑި ޖެހުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.
  1. 2.     ބީލަން ހުށަހެޅުން / ބީލަން ހުޅުވުން:
  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ:2026  ޑިސެމްބަރ 10 ވާ ބުރާސްފަތި ދުވަހު 13:30އެވެ.ބީލަން ހުށަހަޅަން ޖެހޭނީ ރ.އިންނަމާދޫ ކައުންސިލް އިދާރާއަށް ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ރ.އިންނަމާދޫ ކައުންސިލްގެ އިދާރާއަށް ލެޑް ޕެނަލް ސްކްރީން (ލެޑް ވޯލް) ސަޕްލައިކޮށްދިނުން"މިހެން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަން ހުޅުވުން އޮންނާނީ  2026 ނޮވެމްބަރ 29 ވާ އާދީއްތަ ދުވަހު 13:30ގައި އިންނަމާދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
  1. 3.     އިތުރު މައުލޫމާތު:
  • ކައުންސިލްގެ ނަންބަރު: 6580052 (ނުވަތަ)
  • ކައުންސިލް އެގްޒެކެޓިވް – އިމްރާން ޝަރީފް
  • ފޯން: 9122102
  • އީމެއިލް: [email protected]
  • ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި  ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ނޮވެންބަރު 2026