ދިވެހިރާއްޖެ
އިއުލާން
ފަތުރުވެރިން ޢާންމު އިޖްތިމާޢީ މިންގަޑުތަކާއި އެއްގޮތަށް ހެދުން އެޅުމާއި އަމަލުތައް ބެހެއްޓުމާއި ގުޅޭ:
މިރަށަކީ ފަތުރުވެރިކަން ވަރަށް ހަލުވިކަމާއި އެކު ކުރިއަރުވަމުންދާ އަދި މި ސިނާއަތުގައި އެތައް ވިޔަފާރިތަކެއް އެ ފަރާތްތަކުގެ ބޭނުންތައް ފުއްދުމަށް އުފެދި ހިދުމަތްތައް ދެމުންދާ ރަށެކެވެ. އެހެންކަމުން ފަތުރުވެރިންނަށް ޙާއްސަކޮށްފައިވާ އަތިރިމަތި ސަރަހައްދު ފިޔަވައި ރަށުތެރޭގައި ޢާންމު އިޖްތިމާޢީ ތަންތަންތާގައި ފަތުރުވެރިން ޒިޔާރަތްކޮށް އުޅެމުންދާއިރު އަންނައުނުލުމާއި ހެދުން އެޅުމުގައި އިޖްތިމާޢީ މިންގަނޑުތަކަށް އަމަލުނުކުރާކަމަށް މިއިދާރާއަށްވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް އަމަލުތައް ބެހެއްޓުމުން ރަށުގެ އިޖްތިމާޢީ ފޭރާން ވީދި ނުރަނގަޅު އަސަރުތައް ރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނާއި އެންމެހާއި ފަރާތްތަކަށް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ވީމާ، ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ފަތުރުވެރިންނަށް އިޖްތިމާޢީ މިންގަނޑުތަކަށް ހޭލުންތެރިކުރުވާއި އެގޮތަށް އެފަރާތްތަކުން އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެ އަދި އެގޮތަށް އަމަލުތައް ބަހައްޓާތޯ ބަލާ ފާރަވެރިވުމަށް ތިޔަ އެންމެހައި ފަރާތްތަކަށް އަންގަވަމެވެ.