ދިވެހިރާއްޖެ
ރަތަފަންދޫ ގޭބިސީ ތަކުން އުފެދޭކުނި ނަގައި އުކާލުމާއެކު ރަތަފަންދޫ ކުނިގޮނޑު ކުރިއަށް އޮތް 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައި ދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 29 ނޮވެންބަރ 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 7 ޑިސެމްބަރ 2026 ހޯމަ ދުވަހުގެ މެންދުރުފަހު 13:30 އަށް އެސްޓިމޭޓު ހިއްޕަވައިގެން ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
|
# |
މާރކްސްދެވޭނެ ކްރައިޓީރިއާ |
މާރކްސް ދެވޭގޮތް |
ތަފްޞީލް |
|
1 |
އަގު |
70% |
v އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ.
|
|
2 |
ތަޖުރިބާ |
25% |
v އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ގިނައިން (ކަމާގުޅުންހުރި) މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ. |
|
3 |
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދު |
5% |
v ޢިޖުތިމާޢީ ކަންކަމަށް ދެވޭޢިނާޔަތު v އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު ޢަދަދެއް ހުށަހަޅާ ފަރާތަކަށެވެ. |
ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް
1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
2- އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ އާއި ފަރުދުންގެ ރަޖިސްޓްރީގެ ކޮޕީ
3- ކޮމްޕެނީގެ ޕްރޮފައިލް
4- މަސައްކަތުގެ ތަޖުރިބާ ހުރިކަމުގެ ލިއުން. (ކަމާ ގުޅުންހުރި)
މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟
2- އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި މިކަމަށް އެކަށީގެންވާ ފަރާތެއްތޯ؟