ދިވެހިރާއްޖެ
ހއ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން އުފައްދައި، ޤުރްއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމުގެ މަގުސަދުގައި، މި އިދާރާއިން އިންތިޒާމްކޮށްގެން {ރަސްތަރި} ގެ ނަމުގައި ކުރިޔަށް ގެންދާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގައި، މި ކައުންސިލް ތަމްސީލު ކުރާނެ ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އޮޑިޝަންގައި ސުވާލުކުރެވޭނީ މި މުބާރާތުގެ ގަވާއިދުގައިވާ ފުރަތަމަ ބުރުގައިވާ ގޮތަށެވެ. މި އޮޑިޝަން އޮންނާނީ 2026 ޑިސެންބަރު 04 ގައެވެ. ވީމާ އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި އިޢުލާނާއެކު އާންމުކުރެވިފައިވާ ފޯމު 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއެކު ރަސްތަރި ޤުރްއާން މުބާރާތުގެ އިހަވަންދޫ އޮޑިޝަންގެ ގަވާއިދު އާންމުކުރީމެވެ.
ރަސްތަރި ޤުރްއާން މުބާރާތުގެ އިހަވަންދޫ އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.
https://forms.gle/dMUiFaC3ELhbvUz66
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.