ނީލަން
ނަންބަރު: 620-A/2026/15
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 03 ޑިސެންބަރު 2026 10:00
ފެލިދުއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނީލަންކިޔުން (ތިންވަނަ ފަހަރު)

               މި ކޯޓުގައި ހުރި ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުމަށް މީގެ ކުރިން ދެ ފަހަރަށް ކުރެވުނު އިއުލާންއަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީވެ އެ ދެ އިއުލާން ބާތިލް ކޮށް އަލުން އެތަކެތީގެ ނީލަންކިޔުން 03  ޑިސެންބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

              ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 03 ޑިސެންބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

              ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

              ނީލަމުން ނަންގަވާ ތަކެތި 04 ޑިސެންބަރ 2026 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ގެންދަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

              މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

13 ޖުމާދަލްއާޚިރާ 1448

23 ނޮވެންބަރ 2026

23 ނޮވެންބަރު 2026