ޢާންމު މަޢުލޫމާތު
ނަންބަރު: 57-F/GT/IU/2026/78
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 02 ޑިސެންބަރު 2026 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
"ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" އަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކުން ޚިޔާލު ހޯދުމަށް ހުޅުވާލުން

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ، "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" އަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ. ވީމާ، އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ މަދަނީ ޖަމްޢިއްޔާއަކުން އެ އެ ބިލާ ގުޅޭގޮތުން ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، 2 ޑިސެންބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން އެކަން އަންގަވައިދެއްވުން އެދި ދެންނެވީމެވެ.

22 ނޮވެންބަރު 2026