މަސައްކަތް
ނަންބަރު: (IUL)258/258/2026/96
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 20 ޑިސެންބަރު 2026 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޮލީ ކޯޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ނަންބަރު: 258/258/2026/96(IUL)                             

އިޢުލާން

      

ހަނިމާދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޮލީ ކޯޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތަށް ހަނިމާދޫގައި ވޮލީ ކޯޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން 12 އޮގަސްޓް 2026 ވަނަ ދުވަހު ކުރެވުނު ނަމްބަރ 258/258/2026/67(IUL) އިޢުލާނާއި ގުޅިގެން ރަޖިސްޓްރީވި ފަރާތްތަކަށް ފޯރުކޮށްދެވުނު ބީލަން ފޮތުގައި ކުށެއް ފާހަގަކުރެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް 08 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ކުރެވުނު ނަމްބަރ 258/258/2026/70(IUL) އިޢުލާނަށް ހުށަހެޅުނު ބީލަންތަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.             

 

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަމުގައި ރަޖިސްޓްރީވުން/ މަޢުލޫމާތު ސާފުކުރުން

2026 ޑިސެމްބަރ 07 (ހޯމަ)

ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

2026 ޑިސެމްބަރ 20 (އާދީއްތަ)

ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި

                                                

  1. ބީލަމުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
  1. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
  2. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

ފޯން: 4002064

އީމެއިލް:  [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 13 ޖުމާދަލްއާޚިރާ 1448

                 22 ނޮވެމްބަރ 2026            

22 ނޮވެންބަރު 2026