ދެންނެވުން
ނަންބަރު: A/IUL/344/2026/69
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:28
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޅުގައި އުޅޭ މިޔަރާއި މަޑިއާއި ގުޅޭ.
އިއުލާން
ފަޅުގައި އުޅޭ މިޔަރާއި މަޑިއާއި ގުޅޭ.
މިރަށުގެފަޅަށް ވަދެ އުޅޭ މަޑިއާއި މިޔަރު ތަކަށް ބައެއް ފަރާތްތަކުން ގެއްލުންތަކެއް ދީފައިވާކަން އެތަކެތީން ފެނި، މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. ކަށި މިޔަރު ފިޔަވައި ހުރިހާއި މިޔަރަކާއި މަޑީގެ ބާވަތްތައް ހިފުމާއި ބޭނުން އަދި ގެންލުންދީ އަނިޔާކުރުން ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު: 2021/R-25 (ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) މަނާކުރެވި، ހިމާޔަތް ކުރެވިފައިވާ ތަކެތި ކަމުގައި ދަންނަވަމެވެ.
ވީމާ، މިފަދަ ޤާނޫނާއި ޙިލާފު ނޭދެވޭ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގެވުމަށް އަންގާއި ނަސޭހަތްތެރިވަމެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.
22 ނޮވެންބަރު 2026