ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-CBF/309/2026/102
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:26
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރުމާއި ފައިބަރުގެ މަސައްކަތްތަކުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމާ ގުޅޭ

މި ރަށުގައި ޢިމާރާތްކުރުމާއި، ފައިބަރު މަސައްކަތް އަދި އެނޫންވެސް މަސައްކަތްތައް ކުރަމުންދާއިރު ޢާންމު ރައްޔިތުންނަށާއި އަވައްޓެރި ގެދޮރަށް ގެއްލުން ނުވާނޭހެން ސަލާމަތީ ފިޔަވަޅުތައް އެޅުމަކީ ޤާނޫނު ނަންބަރު 4/2017 (ޢިމާރާތްކުރުމުގެ ޤާނޫނު) އަދި ގަވާއިދު ނަންބަރު 2019/R-156 (ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު) ގެ ދަށުން ލާޒިމު ކަމެކެވެ. އަދި މިގަވާއިދުތަކަށް ޢަމަލުނުކުރުމުގެ ސަބަބުން ދިމާވާ އެންމެހާ ގެއްލުންތަކުގެ ޒިންމާ  މަސައްކަތް ކުރާފަރާތުން ނަގަންޖެހެއެވެ. 

އެހެންކަމުން، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ޢާންމުންނަށް ވަހާއި ކުނޑީގެ އުނދަގޫވާގޮތަށް ފައިބަރުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ނަމަވެސް، އަވައްޓެރިންނަށް އަސަރުނުކުރާނޭހެން ރަނގަޅަށް ބަންދުކޮށްގެން ސަލާމަތީ ފިޔަވަޅުތަކާއެކު ކުރުމަށް ސަމާލުވުމަށް ދަންނަވަމެވެ. އަދި މަސައްކަތްކުރާ ސަރަޙައްދުން މަގުމައްޗަށާއި އަވައްޓެރި ގެތަކުގެ ފުރާޅަށް ސިމެންތި، ހިލަ،ގާ ނުވަތަ މިނޫންވެސް ތަކެތި ނުވެއްޓޭނޭހެން ސަލާމަތީ ދާ (ސޭފްޓީ ނެޓް) އާއި ކަތިބިތް ޖެހުމާއި، މުށި ކެފުމާއި ޕުޓީ ގޭނުން ފަދަ ކަންކަމުގައި ކުނޑިއާއި ހިރަފުސް ކޮންޓްރޯލްކުރުމަށް ނިވާފަތްގަނޑު ޖަހައިގެން މަސައްކަތްކުރުމަށް ދަންނަވަމެވެ. މީގެއިތުރުން، ބިން ކޮނުމުގައި ވަށައިގެންވާ ފާރުތައް ރައްކާތެރިކުރުމާއި، ވައިގަދަވެގެން ވިއްސައިގެންދާ ފަދަ ތަކެތި ރައްކާތެރިކޮށް ބެހެއްޓުމާއި، މަގުމައްޗަށް ދަތިނުވާނޭހެން ކުނި މެނޭޖްކުރުމާއެކު، މަސައްކަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުން ހެލްމެޓް، ސޭފްޓީ ބޫޓް އަދި މާސްކް ފަދަ ރައްކާތެރިކަމުގެ އާލާތްތައް ފުރިހަމައަށް ބޭނުންކުރުމަށް އަންގަމަވެ. 

22 ނޮވެންބަރު 2026