ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ޞިނާޢަތެއް ބިނާކޮށް ކުރިއެރުވުމަށްޓަކައި، މި ދާއިރާއިން ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދުކޮށި ވިއްކުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، އަމިއްލަ ފަރާތްތަކަށް މޫދުކޮށި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ފާނަ ފަދަ ބާވަތްތައް މޫދުކޮށީގައި ގެންގުޅެ ބޮޑުކޮށްގެން ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ 3 މީޓަރު × 3 މީޓަރުގެ 8 ގޮޅި (ޖުމްލަ 72 އަކަމީޓަރު) ހިމެނޭ މޫދުކޮށްޓެވެ. މީގެ ތެރޭގައި ކޮށީގެ ފްރޭމާއި، ދާގަނޑުތަކާއި، ވާ އަދި ނަގިލި ހިމެނެއެވެ.
މޫދުކޮށި ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް:
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހިންގާ "ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ" ފުރިހަމަކޮށްފައިވާ ފަރާތްތަކަށް: -/20,000 (ވިހި ހާސް) ރުފިޔާ.
އެހެނިހެން ފަރާތްތަކަށް: -/40,000 (ސާޅީސް ހާސް) ރުފިޔާ.
މި ކޮށިތަކުގެ އަގު، 2 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ލުއިފަސޭހަ އިންތިޒާމު ވަނީ ހަމަޖައްސައިދެވިފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ބައްލަވައިގަންނަވާ މޫދުކޮށިތައް ކ. މަނިޔަފުށިން ގެންދިއުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސަވަންވާނީ ކޮށި ގަންނަ ފަރާތުންނެވެ.
މޫދުކޮށި ބައްލަވައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، އެކަމަށް އެދި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މީގެއިތުރުން، މޫދުކޮށިތައް ބައްލަވާލެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 3339217 ނަންބަރު ފޯނާ ގުޅުއްވައި ތާރީޚާއި ވަގުތު ހަމަޖެއްސެވުމަށްފަހު، ކ. މަނިޔަފުށްޓަށް ޒިޔާރަތްކުރެއްވުމުން ކޮށިތައް ދައްކާލުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ވާހަކަ ދެންނެވީމެވެ.