ދިވެހިރާއްޖެ
`
މަގޫދޫ ސްކޫލް
ފ.މަގޫދޫ ، ދިވެހިރާއްޖެ.
އިޢުލާން ނަންބަރ:GS71-D/IUL/2026/15
2027 ވަނަ އަހަރު ފ.މަގޫދޫ ސްކޫލްގެ ސެކިޔުރިޓީ އައުޓްސޯސް ކުރުން
1- 01 ޖަނަވަރީ 2027 އިން ފެށިގެން 31 ޑިސެމްބަރ 2027ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްޞީލްތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 22ނޮވެމްބަރ 2026 އިން 25 ނޮވެމްބަރ 2026 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް ސްކޫލް އޮފީހަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
4- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5- މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.
6- ބިޑް ހުޅުވުން އޮންނާނީ 29 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.
7- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިދާރީ ސެކްޝަން
ފ.މަގޫދޫ ސްކޫލް
ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.
ފޯން: 6740591 / 7952912
އީ-މެއިލް: [email protected]