ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2026/73
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:07
ސުންގަޑި: 01 ޑިސެންބަރު 2026 13:30
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 ރުކެއްގެ ވެރިފަރާތް ހޯދުމާގުޅޭ

އިޢުލާން

3 ރުކެއްގެ ވެރިފަރާތް ހޯދުމާގުޅޭ

ބީޗު ސަރަހައްދުގައި ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި، ނޫ ކުލައިގެ ދަވާދުން 8، 9 އަދި 11 ވަނަ ކަނޑާ ނަންބަރު ޖަހާފައިވާ ރުއްތައް ކެނޑުމަށް ބޭނުންވާތީ، އެ ރުއްތަކުގެ ވެރިފަރާތުން މި އިދާރާގެ އެކިއެކި ކަންކަމަށް އެދޭ ފޯރމް ފުރިހަމަ ކުރެވުމަށްފަހު 1 ޑިސެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި ފޯރމް ހުށައަޅުއްވާއިރު ރުކުގެ ވެރިފަރާތުގެ ނަމާއި، އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރާއި، ރުކުގެ ކަނޑާ ނަންބަރު ހިމެނުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް  އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

       10 ޖުމާދުލްއާޚިރާ 1448

19 ނޮވެންބަރު 2026