ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-PR/1/2026/140
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:19
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ނަންބަރު (IUL)14-PR/1/2026/124 (26 އޮކްޓޫބަރު 2026) އިޢުލާންގައި ހިމެނޭ ލޮޓް-1 ބާޠިލު ކުރުން

      މި އޮފީހަށް ގަންނަން ބޭނުންވާ އައި.ޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2026 އޮކްޓޫބަރު 26 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2026/124 އިޢުލާނުގައި ހިމެނޭ ލޮޓް-1 އަށް ބީލަން ހުށަހެޅި ފަރާތްތަކުން ތަކެތި ސަޕްލައިކޮށްދިނުމަށް ހުށަހަޅާފައިވާ މުއްދަތުތަކަކީ މި ތަކެތި ސަޕްލައިކޮށްދިނުމަށް އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތުތަކެއްކަމަށް މި އޮފީހަށް ފެންނާތީ، މި އިޢުލާންގެ ލޮޓް -1 ބާޠިލު ކޮށްފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

19 ނޮވެންބަރު 2026