ބީލަން
ނަންބަރު: (IUL)286-MP/286/2026/89
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 30 ނޮވެންބަރު 2026 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫއިން ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބިންދޫކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައި ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާޢީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބިންދޫކުރުމަށް ހުޅުވާލަމެވެ. ބިން ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ޤާނޫނު ނަންބަރު 2023/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) އަދި ގަވާއިދު ނަންބަރ: 2015/R-180 ގެ ދަށުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ޖަމުޢިއްޔާ ތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިގެން ހިންގާ ކްލަބް، ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ. މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި، ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އޮތް ސަރަހައްދު އަންގައިދޭ ޗާޓާއި، ކްލަބް، ޖަމިއްޔާ ޖަމާޢާތްތަކަށް ނ. ކެނދިކުޅުދޫއިން ބިން ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު (ގެޒެޓްކޮށްފައިވާ) އެއްކަރުދާސްކޮށް ޝާއިޢުކުރަމެވެ.

  1. ރަޖިސްޓްރޭޝަން

ހ - ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 23 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވާންވާނެއެވެ.

ށ - ރަޖިސްޓްރޭޝަން ފޯމް: https://forms.cloud.microsoft/r/yEW3jmFQ3G

ނ – ބީލަން ހުށަހެޅުމަށް ވަޑައިގަނެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

  1. ބީލަން ހުށަހެޅުން

ހ - ބީލަން ހުޅުވުން އޮންނާނީ 30 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ.

  1. އިތުރު މަޢުލޫމާތު
  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ

- ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި)

- އީމެއިލް: [email protected]

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

10 ޖުމާދަލްއާޚިރާ 1448

19 ނޮވެންބަރު 2026