މަސައްކަތް
ނަންބަރު: (IUL)322/322/2026/140
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 23 ނޮވެންބަރު 2026 09:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ

  1. ބަނދަރު ސަރަޙައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 5 ބިމާއި، ދިރާގު ބިމުގެ ދެކުނުން ދޫކުރުމަށް ހަމަޖެހިފައިވާ 2 ބިމުގެ އިން ވަކިކޮށް ކަންމުޑި އެޅުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)322/322/2026/135 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ކޯޓޭޝަން ލިބިފައިނުވާތީ، ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
  2. ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  3. ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
  4. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީ އަށް ރޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނަމަ ޖީއެސްޓީ ހިމަނައިގެން) އަދި މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ޖަހަންވާނެއެވެ.
  5. މި އިޢުލާނާއެކު ގެޒެޓުކުރެވިފައިވާ ޗާޓުގައި ފާހަގަކުރެވިފައިވާ 1،2،3،4،5 ނަންބަރު ބިންތަކުގެ އިންވަކިކޮށް ކަންމުޑި އަޅަންވާނެއެވެ. އަދި 1 ނަންބަރު ބިމުގެ ހުޅަނގު އުތުރު ކަނާއި 2 ނަންބަރު ބިމުގެ ހުޅަނގު ދުކުނު ކަނުގެ ކަންމުޑި ހުންނަންވާނީ، 10 ފޫޓު ރޭޑިއަސްއިން ކަންވަށްކުރެވިފައެވެ.
  6. ދިރާގު ބިމުގެ ދެކުނުން ހުރި ބިންތަކުގައި ކަންމުޑި އަޅާނީ 6 ނަންބަރު ބިމުގެ ދެކުނުގެ 2 ކަންމުޑި އާއި އަދި 7 ނަންބަރު ބިމުގެ 4 ކަންމުޑިއެވެ. އަދި 7 ނަންބަރު ބިމުގެ ދެކުނަށް ހުރި 2 ކަންމުޑިވެސް ހުންނަންވާނީ، 10 ފޫޓު ރޭޑިއަސްއިން ކަންވަށްކުރެވިފައެވެ.
  7. ކަންމުޑި އަޅާނީ، "4 ނުވަތަ "5  ފުލްބްލޮކް އެޅިގަލުންނެވެ. އެގޮތުން، ބިމުއަޑިއަށް "12 އަދި މައްޗަށް "6 ހުންނަންވާނެއެވެ. އަދި ކޮންމެ ކޮޅަކަށް "24 ހުންނަންވާނެއެވެ. ވައްކުރާ ކަންވެސް ފާރަށް ތެދުވާ ހިސާބުން ފެށިގެން "24 ހުންނަންވާނެއެވެ. ކަންމުޑި މަތީގައި "1 ބޯމިނުގައި ސިމެންތި ފަށެއް އަޅައި އޮމާކުރަންވާނެއެވެ.
  8. ގާ އަޅާނީ 6 ވެލި 1 ސިމެންތި ރޭޝިއޯގައެވެ. ރާނާނީ، 4 ވެލި 1 ސިމެންތި ރޭޝިއޯގައެވެ.
  9. ތަން އިންވަކިކޮށް ކޮނުމަށްފަހު ކައުންސިލަށް ދައްކަންވާނެއެވެ. އަދި ކަންމުޑި އަޅައި ފަސްލުމުގެ ކުރިންވެސް ތަން ދައްކަންވާނެއެވެ.
  10. މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި އެތަންތަން ރަނގަޅަށް ސާފު ކުރަންވާނެއެވެ.
  11. މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 22 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހެޅުން އޮންނާނީ 23 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

19 ނޮވެންބަރު 2026