ދިވެހިރާއްޖެ
މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 21 އޮކްޓޫބަރު 2026 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2026/114 އިޢުލާނާއި ގުޅިގެން ބީލަންވެރިން ހުށަހެޅި އަންދާސީހިސާބުތަކުގައިވާ އަގާއި ތަކެތީގެ ފެންވަރު އެކަށީގެންނުވާާކަމަށް މި އޮފީހަށް ފެންނާތީ އާއި މަޢުލޫމާތުކަރުދާހަށް ބަދަލު ގެންނަން ބޭނުންވާތީ، އެ އިޢުލާނު ބާޠިލުކޮށް، ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 01ޑިސެންބަރު 2026 ވާއަންގާރަދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް / ހދ. ހަނިމާދޫ ކަސްޓަމްސް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.