ބީލަން
ނަންބަރު: (IUL)269/269/2026/77
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 30 ނޮވެންބަރު 2026 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ވައިކަރަދޫ އުތުރު ފަރާތު ބަނދަރު ސަރަހައްދުން ތެލުގެ ވިޔާފާރިކުރުމަށް ބިން ކުއްޔަށް ދިނުން

ހދ. ވައިކަރަދޫ އުތުރު ފަރާތު ބަނދަރު ސަރަހައްދުން ތެލާއި، އެކަމާ ގުޅުންހުރި ވިޔަފާރި ކުރުމަށް 1500 އަކަފޫޓުގެ 2 ބިން، 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، މި މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރަތްތަކަށް ބީލަންފޮތް މެއިލް ކުރެވޭނެއެވެ.

މި ބީލަމުގައި ރަޖިސްޓަރީ ވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 30 ނޮވެމްބަރ 2026 ގެ 13:00 ގެކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގެ ކުރިން ރަޖިސްޓަރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.cloud.microsoft/r/heRd9Fwd65

މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމާއި ސައިޓް ދެއްކުމަށް ބާއްވާ ޕްރީބިޑް މީޓިންގ، 03 ޑިސެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލްގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. މި މީޓިންގގައި ބައިވެރިވެ ނުލެއްވި ނަމަވެސް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 10 ޑިސެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ވައިކަރަދޫ ކައުންސިލް އިދާރާ، ހދ. ވައިކަރަދޫ
  • ފޯން: 6520046
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ނޮވެންބަރު 2026