މުބާރާތް
ނަންބަރު: (IUL)NSA-VAM/NSA-VAM/2026/18
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 16 ޑިސެންބަރު 2026 11:00
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރާއްޖެ ވޮލީ ޖޫނިއަރ ޗެމްޕިއަންޝިޕް 2027 ފަށާ ތާރީޚް އަދި ޤަވާއިދަށް ބަދަލުގެނައުން

އިޢުލާން

 

ރާއްޖެ ވޮލީ ޖޫނިއަރ ޗެމްޕިއަންޝިޕް 2027 ފަށާ ތާރީޚް އަދި ޤަވާއިދަށް ބަދަލުގެނައުން

 

މުބާރާތް ފަށާ ތާރީޚް:

08 ޖަނަވަރީ 2027

މުބާރާތް ބޭއްވޭތަން:

ސޯޝަލް ސެންޓަރ އިންޑޯހޯލް

މުބާރާތް ކުޅެވޭ ޑިވިޜަން:

ފިރިހެން އަދި އަންހެން ޑިވިޜަން

މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

މުބާރާތުގައި ބައިވެރި ވެވޭނީ ކައުންސިލް ތަކަށެވެ. ކޮންމެ ރަށު ކައުންސިލަކުން ވެސް ބައިވެރި ކުރެވޭނީ ކޮންމެ އުމުރު ފުރާ އަކުން އަންހެން 1 އަދި ފިރިހެން 1 ޓީމެވެ. އަދި ކޮންމެ ސިޓީ ކައުންސިލަކުން ކޮންމެ އުމުރު ފުރާ އަކުން އަންހެން 3 އަދި ފިރިހެން 3 ޓީމެވެ. ކުޅުންތެރިން ނިސްބަތްވާ ރަށް މުބާރާތުގައި ވާދަ ކުރާނަމަ އެކުޅުންތެރިންނަށް ކުޅެވޭނީ އެކުޅުންތެރިން ނިސްބަތްވާ ރަށަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑި:

2026 ޑިސެމްބަރ 16 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން.

ބައިވެރި ވުމުގެ ސުންގަޑި ހަމަވާ ފަހުން ހުށަހަޅާ ފޯމްތައް ބާތިލް ވާނެއެވެ.

ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއި ގަޑި:

2026 ޑިސެމްބަރ 23 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން.

މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ތަން:

[email protected]   

މުބާރާތުގައި ބައިވެރި ވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެންހުންނާނީ

އިއުލާނާއި އެކު އެޓޭޗް ކުރެވިފައި

އިތުރު މަޢުލޫމާތު:

  3317015

19 ނޮވެންބަރު 2026