ޢާންމު މަޢުލޫމާތު
ނަންބަރު: 57-F/GT/IU/2026/75
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި:
02 ޑިސެންބަރު 2026 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ، "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ. ވީމާ، އެ ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، 2 ޑިސެންބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.
19 ނޮވެންބަރު 2026