ދިވެހިރާއްޖެ
1- މިރަށު މަސްޖުދު ޙަޟާރާ (ކުޑަ މިސްކިތް) ގައި ހުރި 24000BTUގެ 1 އޭސީ ބަދަލުކުރުމާއި، މިހާރު އެ މިސްކިތުގައި ހަރުކޮށްފައިވާ 6 އޭސީގެ އައުޓްޑޯ ޔުނިޓް ބަހައްޓާފައިހުރި ތަންމަތިތައް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
2- މިމަސައްކަތުގެ ތެރެއިން ކައުންސިލުން އޭސީ ފޯރުކޮށްދިނުމުން، މިސްކިތުގައި މިހާރު ހަރުކޮށްފައިހުރި 24000BTUގެ 1 އޭސީ ނައްޓައި، އައު 24000BTUގެ 1 އޭސީ ހަރުކޮށް ގުޅައިދޭންވާނެއެވެ. އަދި މިސްކިތުން ނަގާ ބައު އޭސީ ބާސްކޫލަށް ގެންނަންވާނެއެވެ.
3- މީގެ އިތުރުން މިހާރު އައުޓްޑޯ ޔުނިޓްތައް ބަހައްޓާފައި ހުރި 6 ތަންމަތި ނައްޓައި އައު 6 ތަންމަތި ހަދައި ހަރުކުރަންވާނެއެވެ. އަލަށް ހަދާ 6 ތަންމަތި ހަދަންވާނީ 4mm ބޯމިނުގެ އެސް.އެސް ފަތިންނެވެ. މި މަސައްކަތް ކުރުމުގައި މިހާރު ހުރި އައުޓްޑޯ ޔުނިޓްތަކަށާއި، ކޭބަލްތަކަށް އެއްވެސް ގެއްލުމެއް ނުވާނޭހެން ރައްކާތެރިކަމާއެކު މަސައްކަތް ކުރުމަށް ސަމާލުކަންދޭންވާނެއެވެ. އަދި މަސައްކަތް ކުރުމުގެ ތެރޭގައި އެއްވެސް ޔުނިޓަކަށް ގެއްލުމެއް ލިބިއްޖެނަމަ މަސައްކަތް ކުރާ ފަރާތުން އެކަމުގެ ޒިންމާނަގައި އެކަމެއް ރަނގަޅު ކޮށްދޭންވާނެއެވެ.
4- މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި ހިރަފުސްއަރާފައިވާނަމަ އެތަންތަން ރަނގަޅަށް ސާފުކޮށް ފެންފޮތިލައި މޮޕްއަޅަންވާނެއެވެ.
5- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ވެރިފަރާތުގެ އައިޑީ ކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
6- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
7- ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ ޖީއެސްޓީ ހިމަނައިގެން) އަދި މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ޖަހަންވާނެއެވެ.
8- މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 22 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 9:00 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
9- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 24 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 9:30 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.