މަސައްކަތް
ނަންބަރު: (IUL)1096-B/2026/67
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 26 ނޮވެންބަރު 2026 14:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

2027 ވަނަ އަހަރު ސްކޫލުގެ ސިކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން                                                                    

  1. 2027 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 22 ނޮވެންބަރު 2026އިން 26 ނޮވެންބަރު 2026 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

   "ބިޑް ރަޖިސްޓްރީ ފޯމް" ލިންކް:- https://forms.gle/fUffy1yTB9qVVXje8

  1. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 ނޮވެންބަރު 2026 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 02 ޑިސެންބަރު 2026 ވަނަ ދުވަހުގެ 11:00 ގައިމި ސްކޫލުގެ ޖަލްސާކުރާ މާލަމު ގައެވެ.
  3. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި (ހުށަހަޅާ އަގު ފަސްލައްކައަށްވުރެ އިތުރުވާނަމަ) 5,000/-ރ.(ފަސް ހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  4. މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  5. މިޕްރޮޖެކްޓާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

   ޝަރަފުއްދީން ސްކޫލް

   ހިތަދޫ، އައްޑޫސިޓީ

    ފޯން: 7030-688

    އީ-މެއިލ: [email protected]

19 ނޮވެންބަރު 2026