ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)250/250/2026/51
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:00
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ފަޅުގޯތިތަށް ސާފުކުރުމާ ގުޅޭ

މި ރަށުގައިވާ ބައެއް ފަޅުގޯތިތަކާއި ފަޅުގޯތިތަކުގެ އިންވެގެންވާ މަގުތައް ވިނަފަޅާ، ވައުވުމުގެ ސަބަބުން ރަށުގައި ދިރިއުޅޭ ޢާންމުންނަށް އުނދަގޫ ވަމުންދާކަމުގެ ޝަކުވާ މި ކައުންސިލަށް އަންނަނީ ލިބެމުންނެވެ. އަދި އެކަމުގެ ސަބަބުން ރަށުގެ ރީތިކަމާއި ސާފުތާހިރުކަން ގެއްލެމުންދާކަން ފާހަގަ ކުރަމެވެ.

ވީމާ، (19 ނޮވެންބަރު 2026) މިއަދުން ފެށިގެން 15ދުވަހުގެ ތެރޭގައި ފަޅުގޯތިތަކުގެ ވެރިފަރާތުން، އެގޯތިތަށް ސާފުކޮށްދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ. އަދި މަދިރި އާލާވާގޮތަށްހުރި ތަންތަން، މަދިރި ނުއުފެދޭ ގޮތަށް ރައްކާތަރިކަމާއެކު ބެލެހެއްޓުމަށް، މިރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ނޮވެންބަރު 2026