ދިވެހިރާއްޖެ
ބ. ކިހާދޫ މެޖިސްޓްރޭޓް ކޯޓުގައި ހަރުކޮށްފައި ހުރި 2 އޭސީ ނައްޓައި 2 އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ނުވަތަ މިކޯޓަށް ޙާޟިރުވެ މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކޮށް، 23 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅާނީ މަސައްކަތުގެ އަގުގެ އިތުރުން މަސައްކަތްކޮށް ނިންމޭނެ މުއްދަތު ހިމަނައި، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކޯޓުގެ ނަންބަރ 6602011 އަށެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. މި މަސައްކަތައް އަގު ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.