ޢާންމު މަޢުލޫމާތު
ނަންބަރު: 908/IUL/2026/13
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 29 ނޮވެންބަރު 2026 14:00
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
2027 ވަނަ އަހަރު، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

2720ވަނަ އަހަރު، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!

 

01 ޖެނުއަރީ 2027 އިން 31 ޑިސެންބަރު 2027 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވެ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

މަޢުލޫމާތު ސާފުކުރުމަށް

ބިޑް ހުށަހެޅުން

ލިންކް:

https://forms.gle/bcDbU7fQTucovJ1D6

ގުޅޭނެ ނަންބަރު: 6500247

އީމެއިލް އެޑްރެސް: admin@vashafaruschool.edu.mv

ތާރީޚް: 03 ޑިސެމްބަރ 2026

ތާރީޚާއި  ސުންގަނޑި: މިބީލަމުގައި ރަޖިސްޓްރީ ކުރުމަށް  19 ނޮވެންބަރ އިން ފެށިގެން 29 ނޮވެންބަރ 2026 ގެ 14:00 ގެ ނިޔަލަށް.

ތާރީޚް: 02 ޑިސެމްބަރ 2026

ތަން އަދި ސުންގަޑި: 

ވަށަފަރު ސްކޫލް

 11:00

 

 މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަން ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި  "ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށް އެދި"  މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6500247 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ޖުމާދަލްއާޚިރް 1448

19 ނޮވެންބަރު 2026