ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)270/270/2026/106
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:37
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ރަށު ކައުންސިލްތަކުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު މިނިސްޓްރީން ފަހިކޮށްދެއްވާފައިވާތީ މި ރަށުގައި މި ޚިދުމަތް ފެށުމަށްޓަކައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް 2 އެގްޒަމިނަރުން ހޯދުމަށް ބޭނުންވެއެވެ. 

 

ބޭނުންވާ ޢަދަދު:  2

އެލަވަންސް:  ކޮންމެ އިމްތިޙާނަކަށް 50/- ރުފިޔާ

އެގްޒަމިނަރެއްގެ ޝަރުތުތައް:

ހ. ނިޔަމިކަމުގެ ސެޓްފިކެޓް އޮތުން.

ށ. ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވުން.

ނ. ރަށުގައި ގާއިމުވެ ހުންނަފަރާތެއް ކަމުގައިވުން

ރ. އެގްޒެމިނަރުން ހޮވުމުގައި އެންމެ ގިނަ ކެޓަގަރީތައް އޮތް 2 ފަރާތަކަށް އިސްކަންދެވޭނެ.

ބ. 2 ފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާނަމަ ހުށަހަޅާ ތަރުތީބުން އިސްކަންދެވޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ.

ށ. ނިޔަމި ކަމުގެ ސަނަދު ކޮޕީ.

ނ. އައިޑީ ކާޑްގެ ކޮޕީ.

 

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ މިދެންނެވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 26 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

 

19 ނޮވެންބަރު 2026